ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 19:18 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޒެބްރޯ ކްރޮސް އިން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ލ. މާވަށް، އެތުމާ މަރިޔަމް މޫސާ (މަރިޔަމްފުޅު) ނިޔާވީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.