"މޯލްޑިވްސް މެޑިކަލް ކޮންފަރެންސް" ފަށައިފި އެވެ.
މިއީ ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން ދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ރޭ ފައްޓަަވައިދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމެވެ.
ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވ އެވެ. އަދި މިއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ.
މިއަހަރުގެ "މޯލްޑިވްސް މެޑިކަލް ކޮންފަރެންސް" ގެ ޝިއާރަކީ "ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ"އެވެ. މި ޝިއާރުން އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަން ރަމްޒުކޮށްދޭ އިރު، މިއީ ރާއްޖެއަށާއި އެހެން ގިނަ ޤައުމުތަކަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.