Last Updated: June 7, 09:21
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ޕާޓީން 'ބޮޑު' ޖަލްސާއަކަށް ނުކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާޓިފިޝަލް ބީޗްފައި ޖަލްސާއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ މި ޖަލްސާ ބާއްވަން ހަމަޖެހިިފައި ވަނީ "ވޭކަޕް" ނަމުގަ އެވެ.

ޕީއެންއެފުން އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވަން ނިންމި އިރު، ދެހާސް ތޭވީހުގެ ފަހުކޮޅު އުފެއްދި އެ ޕާޓީގެ ހަރަކާތްތައް މިހާތަނަށް ބާއްވަމުން އަންނަނީ ޔާމީންގެ އަމިއްލަ ގެކޮޅުގައި ގާއިމުކޮށްފައިވާ ޕާޓީގެ އޮފީހުގަ އެވެ.

އެގޮތުން ޕީއެންއެފުން ބާއްވާ ހަރަކާތްތައް ޔާމީނަށް ތާއީދުކުރާ ޓީވީ ޗެނެލް، ޗެނެލް 13 ލައިވް ވެސް ކުރެ އެވެ.