ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަޔޫޝްމަން ކްރާނާ ވެމްޕަޔާއެއްގެ ރޯލު ކުޅެފައިވާ ފިލްމު "ތާމާ" ގެ ފަސްޓްލުކް މި މަހުގެ 19 ގައި ދައްކައިލަން ނިންމައިފި އެވެ.
އެކަން އިއުލާންކޮށް މި ފިލްމު ގެނެސްދޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި، މެޑޮކް ފިލްމްސް އިން ވަނީ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ބުނީ ކުރިއަށް އޮތީ އެ ސްޓޫޑިއޯގެ ހޮރޯ-ކޮމެޑީ ޔުނިވާސްގައި ހިމެނޭ "އިސްތިރީ" އާއި "ބީޅިޔާ" އަދި "މުންޖިއާ" އަށް އިތުރު އާ ކެރެކްޓާއެއް ކަމަށެވެ.
މި އަހަރުގެ އެންމެ އުުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތާމާ" އަކީ މެޑޮކް އިން މި އަހަރު ގެނެސްދިން "މުންޖިއާ" ގެ ޑައިރެކްޓަރު އަދިތިޔާ ސަރްޕޯތުދަރުގެ ޑައިރެކްޝަނެކެވެ. އަބޭ ވަރުމާ އާއި ޝަރްވާރީ ވާގްއާ އެކު ގެނެސްދިން އެ ފިލްމަކީ ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު އެެއް ހިޓެވެ.
"މުންޖިއާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު އަދިތިޔާ ގެނެސްދޭ "ތާމާ" އިން އަޔޫޝްމަނާ އެކު ބަތަލާގެ ރޯލުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ. އަދި މީގެ ވަރަށް މުހިއްމު ރޯލެއް ޕަރޭޝް ރާވަލް ވެސް ކުޅެފައިވެ އެވެ.
"ތާމާ" އަކީ ހިންދީ ސިނަމާ އަށް އާ ރަހަތަކެއް ގެނެސްދޭނެ ފިލްމަކަށްވާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ ނޮވެންބަރު މަސްތެރޭގައި އިންޑިއާގައި ފާހަގަކުރާ ދިވާލީގެ ތެރޭގަ އެވެ.