Last Updated: August 18, 23:01
Monday, August 18, 2025
ރިޕޯޓް

ކުކޫންގައި އާނިޝް އަށް އިތުރު ކުރިއެރުމެއް

ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ކުކޫން މޯލްޑިވްސްގެ އެގްޒެކެޓިވް އެސިސްޓަންޓް މެނޭޖަރަކަށް އަބްދުﷲ އާނިޝް ޕްރޮމޯޓްކޮށްފި އެވެ.

އައްޑޫ މަރަދު އަށް އުފަން މި ޒުވާނާ އަކީ ޓޫރިޒަމް ދާއިރާ އިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެކެވެ. އާނިޝްގެ މި ދާއިރާގެ ފެށުމަކީ މަނަފަރު މޯލްޑިވްސްގެ ރިސެޕްޝަނިސްޓަކުން ފެށި ދަތުރެކެވެ. އޭގެ ފަހުން މިހާތަނަށް ދާއިރާގެ އެކިއެކި މަގާމުތައް އާނިޝް އަދާކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ގެސްޓް ރިލޭޝަން އޮފިސާ، ބަޓްލާ، އައިލޭންޑް ހޯސްޓް، ފްރޮންޓް އޮފީސް ލީޑާ، އެސިސްޓަންޓް ފްރޮންޓް އޮފީސް މެނޭޖާ، ފްރޮންޓް އޮފީސް މެނޭޖާ އަދި އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ހިމެނެ އެވެ.

ކުކޫންގެ އެގްޒެކެޓިވް އެސިސްޓަންޓް މެނޭޖަރަކަށް އާނިޝް ޕްރޮމޯޓްވީ އޮޕަރޭޝަންސް މެނާޖަރުގެ މަގާމުންނެވެ.

މި ކުރިއެރުމާ ބެހޭ ގޮތުން ހޮޓެލިއާ މޯލްޑިވްސް އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މިއީ ބުރަކޮށް މަސައްކަތް ކުރިއަށް ދާން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ.

"މިއީ ހަގީގަތުގައި އެކި ކަހަލަ ގިނަ މީހުންނާ އެކީ މަސައްކަތް ކުރެވި، އަމިއްލަ ނަފުސު ކުރިއަށް ދާން ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުގެ ނަތީޖާ." ޓޫރިޒަމް ދާއިރާ އަށް އެއްކޮށް ހުސްވެގެން ހުރި އާނިޝް ބުންޏެވެ.

ޅ. އަތޮޅުގައި ހިންގަމުން އަންނަ ކުކޫންގެ އެންމެ އިސް މަގާމުތަކުގެ ތެރެއިން މަގާމަކަަށް އާނިޝް ޕްރޮމޯޓްވި އިރު އޭނަ އަންނަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން އެމްބީއޭ އަށް ކިޔަވަމުންނެވެ.

އާނިޝްއާ ބެހޭ ގޮތުން ކުކޫން ޗީފް އޮޕަރޭޓިން އޮފިސާ އަހުމަދު ޖިހާދު ވިދާޅުވީ އޭނަ އަކީ މަސައްކަތަށް ވަރަށް ޑިޑިކޭޓެޑް ވަރަށް ގާބިލު ޒުވާނެއް ކަމަށެވެ.