Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

މަގުތަކަށް ދޫކޮށްލާފައި ހުރި 208 ވެހިކަލެއް ޓޯ ކޮށްފި

މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 208 ވެހިކަލް ފުލުހުން މިއަދު ޓޯ ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 168 ސައިކަލާއި ހަތަރު ފުރޮޅުލީ 40 ވެހިކަލް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން އަބަދުވެސް އަންނަނީ ކުރަމުންނެވެ. އަދި މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.