Last Updated: August 18, 13:53
Monday, August 18, 2025
މުނިފޫހިފިލުވުން

ކައިވެނި ރޫޅާލެވުނީތީ ދެރައެއް ނުވޭ: މަލައިކާ

އަލަތު ކައިވެނި ރޫލައިލަން ނިންމި ނިންމުމާ މެދު ހިތާމަ ނުކުރާ ކަމަށާއި އެ ނިންމުމުގެ ސަބަބުން ހަޔާތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ސެލެބްްރިޓީ މަލައިކާ އަރޯރާ ބުނެފި އެވެ

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އަރްބާޒާ ޚާނާ ކައިވެނުކުތީ މުޅި އުމުރަށް އެކީގައި އުޅެން ކަމަށެވެ. މަޝްހޫރު ފިލްމީ ތަރި، ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒާއި މަލައިކާ ކައިވެނިކުރީ 1998 ގަ އެވެ. އެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ.

މަލައިކާ، 51، އާއި އަރްބާޒް، 58، އަށް ލިބުނު ދަރިފުޅު އަރްހާން ޚާނަށް މިހާރު 23 އަހަރެވެ.

ވަރިއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަލައިކާ ބުނީ ކައިވެނި ރޫޫޅައިލަން މަޖުބޫރުވީ، އެ ކައިވެންޏާ މެދު ފަހުން އޭނަ އަށް މާ ބޮޑު އުފާވެރި ކަމެއް ނުލިބޭތީ ކަމަށެވެ. އެހެންވެ އެފަދަ ގުޅުމެއްގެ މަތީގައި ދެމިހުރުމަށް ވުރެ، ކައިވެނި ރޫޅައިލަން ބުއްދިވެރި ކަމަށް ފެންނާނީ އެ މަގު އިހުތިޔާރުކުރީ ކަމަށެވެ.

"އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަހަންނަށް ވަރަށް ބޮޑަށް އަމާޒު. ވަރަށް އަމިއްލަ ހެދުން މީހެކޭ ވެސް އެތައް ބަޔަކު ކިއި." މަލައިކާ ބުންޏެވެ. "އެކަމަކު ކޮންމެ މީހަކެއްގެ ވެސް ބޭނުންވާ އަމިއްލަ އުފާތަކެއް. ކައިވެނި ރޫޅައިލާ ހިސާބަށް ދިޔައީ އެ އުފާތައް އަހަންނަށް ނުލިބޭކަން ވަރަށް ބޮޑަށް އިހުސާސް ކުރެވެ ން ފެށީމަ."

އޭނަ ބުނީ އަމިއްލަ ހަޔާތުގައި ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން އެހެން މީހުން ދެކޭ ގޮތް މުހިއްމު ނޫން ކަމަށެވެ. އަދި ކައިވެނި ރޫޅާލައި އަމިއްލަ ފައިމައްޗަށް ތެދުވަން ކުރި މަސައްކަތުން މިހާރު އާދެވިފައި ހުރި ހިސާބާ މެދު ޝަކުވާ ކުރާނެ ޖާގައެއް ނެތް ވެސް ކަމަށް މަލައިކާ ބުންޏެވެ.

"ތެދަށް ބުނަންޏާ ހަމަ ވަރަށް ހެޕީކޮށް މި އުޅެނީ. ދަރިފުޅު ވެސް ކަންބޮޑުވާން ޖެހޭ ކަހަލަ ކަމެއް ނެތް." ވަރަށް ގިނަ ފިލްމުތަކަކަށް މަގުބޫލު އައިޓަމް ލަވަތަކެއް ކުޅެފައިވާ މަލައިކާ ބުންޏެވެ.

އާންމުކޮށް މިހާރު ތަފާތު އެކި ކަހަލަ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ފެންނަ ފަންނާނު އަރްބާޒާ ވަރިވުމަށް ފަހު، އެކްޓަރު އަރުޖުން ކަޕޫރް، 40، އާ ރައްޓެހި އެވެ. އަދި އެ ދެ މީހުންގެ ކައިވެނީގެ ވާހަކަތަކެއް ވެސް ދެކެވެމުން ދަނިކޮށް ރުޅިވީ މިދިޔަ އަހަރު އެވެ.

އަރްބާޒް ވަނީ މިދިޔަ އަހަރު ދެވަނަ ކައިވެންޏަށްކޮށްފަ އެވެ. އޭނަގެ އަންހެނުން ޝޫރާ ޚާން، 35، މިހާރު އިނީ ދެ މީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ.