Last Updated: August 17, 21:45
Sunday, August 17, 2025
ޚަބަރު

ކައްދޫ އެކްސިޑެންޓު: ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި

ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއިި ގުޅިގެން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ހޯރަވިލާ، ލ. ފޮނަދޫ / މުހައްމަދު ނައުސާން ކަމަށެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:18 ހާއިރު، ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓަށް ދިއުމަށް މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ޒެބްރާ ކްރޮސިން އިން މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.