Last Updated: August 17, 21:45
Sunday, August 17, 2025
ކުޅިވަރު

ސިޓީން ލީގު ފެށީ ވަރުގަދަކޮށް

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވަނީ އެޓީމަށް ލީޑު ނަަގައިދީފަ އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓިޖާނީ ރައިންޑާސް އެވެ.

ސިޓީގެ ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ހާލަންޑް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސިޓީއާ އަލަށް ގުޅުނު ފްރާންސްގެ ވިންގާ، ރަޔަން ޗާކީ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. ލީގަށް މިފަހަރު އަލަށް ޕްރޮމޯޓްވި ސަންޑަލޭންޑުން 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކުރިއިރު، ފުލަމް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެސްޓަންވިލާ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.