Last Updated: August 19, 22:39
Tuesday, August 19, 2025
ޚަބަރު

އެމްއެންޔޫގެ ފޮތް މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

އަންނަ މަހު ބާއްވަނަ ހަމަޖެހިފައިވާ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފޮތް މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި މައުރަޒު އޮންނާނީ އަންނަ މަހުގެ 11-13 އަށެވެ.

އެމްއެންޔޫ އިން ބާއްވަމުން ނއަންނަ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށް ދޭން ފަހިކޮށް ދެވޭ ފުރުސަތެކެވެ.

މި މައުރަޒުގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށް ދިނުމާއި ޝާއިޢު ނުކުރެވި ހުރި އާ ފޮތް ފަދަ ތަކެތި އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތަށް އަހުލުވެރި ކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފެއްދުމަކީ ވެސް މީގެ މަގުސަދެކެވެ.

އެމްއެންޔޫ ފޮތް މައުރަޒުގައި ބައިވެރިވާން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.