Last Updated: June 7, 09:19
Sunday, June 7, 2026
ޚަބަރު

އަޑުބަރޭގެ މައްޗަށް ޖިނާއީ ދައުވާތަކެއް

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންޔެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޑުބަރޭގެ މައްޗަށްޖިނާއީ ތިން ދައުވާއެއް އުފުލާފައިވާ އިރު، އެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވެ އެވެ. އަޑުބަރޭގެ މައްޗަށް ކޮށްފައި ވަނީ އަނިޔާދިނުމާއި މުދަލަށް ގެއްލުން ދިނުމާއި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށް ފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާ އެވެ.

އޭނަ ސަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން ކޮށްފައި ކޯޓަށް ޖާމިނު ވެސް މީހެކެވެ. އެ މައްސަލައިގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެގެން އަޑުބަރޭ 15 ދުވަހަށް ޖަލަށް ވެސް ލި އެވެ.

ނަމަވެސް އެ މައްސަލަ ފަހުންވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ.

އަޑުބަރޭ އަކީ ކުރިން ސިޔާސީ މަގާމުތަކެއް ވެސް އަދާކޮށްފައިވާ މީހެކެވެ.