Last Updated: August 18, 13:53
Monday, August 18, 2025
މުނިފޫހިފިލުވުން

ނަކުލް އަށް މި ފަހަރު އަންހެން ކުއްޖެއް، ނަމަކީ ރޫމީ

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ އަށް މި ފަހަރު ލިބުނީ އަންހެން ކުއްޖެއްކަން މިއަދު އިއުލާންކޮށް ކުއްޖާގެ ނަން ވެސް ހިއްސާކޮށްފި އެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި އޭނަ މިއަދު ބުނީ ފިރިހެން ދަރިފުޅު ސޫފީ އަށް މިހާރު އޭނަގެ ރޫމީ ލިބުނީ ކަމަށާއި އާއިލާ މިހާރު ފުރިހަމަވީ ކަމަށެވެ. ނަކުލްގެ އަންހެން ދަރިފުޅު އުފަންވީ މި މަހުގެ 15 ގައި ފާހަގަކުރި އިންޑިއާގެ 79 ވަނަ މިނިވަން ދުވަހު އެވެ.

ނަކުލް އާއި އަންހެނުން ޖާންކީ ޕަރޭކްގެ ދޮށީ ދަރިފުޅު، ސޫފީ މެހެތާ އަށް މިހާރު ތިން އަހަރެވެ. އެ ދެ މީހުން ކައިވެނިކުރީ 2012 ގަ އެވެ.

ނަކުލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ދޭކާއި ތިނެކާއި "އިޝްގްބާޒް" ގެ އިތުރުން "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" ހިމެނެ އެވެ.

އޭނަ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2008 ގެ "ހާލޭ ދިލް" އެވެ.