Last Updated: August 18, 13:53
Monday, August 18, 2025
ދުނިޔެ

ފެންބޮޑުވެ ޕާކިސްތާނުން މަރުވި އަދަދު 344 އަށް

މިދިޔަ ހުކުރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 344 އަށް އަރައިފި އެވެ.

މި ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާތެރި އެތައް ހާދިސާއެއްގައި އެތައް ގެއެއް ވެސް ހަލާކުވެފައިވެ އެވެ. މި މޫސުމީ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ފަރުބަދަމަތީގެ ސަރަހައްދުތައް ކަމަށްވާ ޙައިބަރު ޕަކުންވާގެ އިތުރުން ކަޝްމީރުގެ ޕާކިސްތާނާވީ ފަޅީގަ އެވެ.

ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މި ހަފުތާގެ ކުރިއަށް އޮތް ދުސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

މީގެ ކުރިން ވެސް ޕާކިސްތާނަކީ ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގައުމެކެވެ. އެގޮތުން 2022 ގައި ބޯކޮށް ވާރޭ ފެންބޮޑުވި ހާދިސާގައި 1،700 އަށް ވުރެ ގިނަ މީހުން މަރުވެ، 10 ބިލިއަން ޑޮލަރު ގެއްލުން އެ ގައުމަށް ލިބިފައިވެ އެވެ.