Last Updated: August 20, 05:53
Wednesday, August 20, 2025
ރިޕޯޓް

ޒުވާނުންނަށް ހުޅުވާލެވިފައިވާ ސިޓީއެއް!

އެއްޗެއްގެ އަގު މަތިވަނީ މައިގަނޑު ދެ ސަބަބަކާއި ހެދި އެވެ.
1. މީސްތަކުން އެ އެއްޗަކަށް ބޭނުންޖެހިފައިވާލެއް ބޮޑުވުން
މިސާލަކަށް: ޕެޓްރޯލް
2. ނާދިރުކަން
މިސާލަކަށް: ރަން

މާދަމާ ތިބާ ވަޒީފާގެ މައިދާނަށް ނުކުންނަ އިރު، މުޖުތަމަޢު ތިބާ މިންކުރާނީ ދެ ކަމަކަށް ބަލައިގެންނެވެ. ތިބާގެ އަޚްލާޤަށާއި ތިބާގެ ހުނަރުވެރިކަމަށް ބަލައިގެންނެވެ. ތިބާގެ ހުނަރުތަކަކީ ނާދިރު ހުނަރުތަކެއް ނަމަ، ތިބާގެ އަގުމަތި ވާނެ އެވެ. ތިބާގެ ޚިދުމަތަކީ މީސްތަކުން އެ ޚިދުމަތަކަށް ބޭނުން ޖެހިފައިވާ ޚިދުމަތެއް ނަމަ ، ތިބާގެ އަގު މަތިވާނެއެވެ. ބުނާ މީހަކު ބުނެފާނެ އެވެ. މިއަދު ވަޒީފާތައް ދިނުމުގައި ބޮޑަށް ބަލަނީ މީހާގެ ސިޔާސީ ވިސްނުމަށެވެ. ނަމަވެސް ދަންނަވަންތޯ އެވެ. ތިބާ އަކީ އަމާނާތްތެރިއަކަށްވެފައި، ތިބާގެ ދާއިރާގެ ފަންނުވެރިއެއްކަމުގައިވާ ނަމަ، އުދަރެހަށް ވެރިވެފައި ވަނީ ރީނދޫ ކުލަތޯ ނުވަތަ އަސުރުމާ ކުލަތޯ ނުވަތަ އެހެން ވެސް ކުލައެއްތޯ ބަލާކަށް ނުޖެހޭނެ އެވެ.

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވަނީ ” إن الله يحب إذا عمل أحدكم عملا أن يتقنه” (ހަމަކަށަވަރުން الله ލޯބިވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެތެރެއިން މީހަކު ކަމެއްކުރާނަމަ އެކަމެއް ރަނގަޅަށް ބަރާބަރަށް ކުރުމަށެވެ.)

رواه أبو يعلى

ލޮބުވެތި ޒުވާނުންނޭވެ. ފައިދާހުރި ފޮތްތައް ކިޔާށެވެ. ޝަރުޢީ ގޮތުން ހުއްދަ ހުނަރުތައް ލިބިގަންނާށެވެ. އާ ބަސްތައް ދަސްކުރާށެވެ. ވަގުތު ބޭކާރު ކުރުން ހުއްޓާލާށެވެ. ކޮންމެ ދުވަހަކީ ވެސް، ފެން ހިފޭ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހަދާށެވެ.

މަސްދަރު: އިލްމު.އެމްވީ