Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފެނަކަގެ އެމްޑީ އައްޑޫގައި

ފެނަކަގެ ކުރީގެ އެމްޑީ ނިމާލް.

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އައްޑު އަށް ވަޑައިގެންފި އެވެ.

އޭނާ އައްޑު އަށް ވަޑައިގެންފައި މި ވަނީ އައްޑޫގެ ކަރަންޓްގެ ހާލަތު ފަހަކަށް އައިސް ވަރަށް ބޮޑަށް ދަށްވެ، ފެނަކަ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.

ފެނަކައިގެ ދަށުން ހިންގަމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މުވައްޒަފަކު ބުނީ ނިމާލް އައްޑު އަށް ވަޑައިގެން އެސްޔޫއެލްގެ އިސް ވެރިންނާ ވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ނިމާލްގެ ދަތުރާ ބެހޭ މާ ބޮޑު ތަފުސީލެެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.