އެހެލާފައި އޮތް ދަގަނޑު ބޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު މެންދުރު ފަހު 3:28 ހާއިރު ލިބުމާއެކު، ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުވެ އެވެ.