Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ސްޕޯޓްސް މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީއެއް

ސްޕޯޓްސް މިނިސްޓްރީ އަށް އަނެއްކާ ވެސް ޑެޕިއުޓީ މިނިސްޓަރެއް އައްޔަންކޮށްފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ރައީސް ޑޜ. މުހައްމަދު މުއިއްޒު މި ފަހަރު އައްޔަން ކުރެއްވީ މުހައްމަދު ނަވީޒެވެ.

އޭނަ އަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނ. ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މީހެކެވެ.

ސްޕޯޓްސް މިނިސްޓްރީ އަކީ ސިޔާސީ މަގާމުތަކުގައި އެންމެ ގިނައިން މުވައްޒަފުން ތިބި އެއް މިނިސްޓްރީ އެވެ.