Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ނިންމާލައިފި

އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މަހުގެ 7 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުން ބައިވެރިވެ، ދުނިޔޭގެ އެންމެ މަޤްބޫލު ތިން ވާދަވެރި ޓައިޓަލްގައި ވަނީ ވާދަކޮށްފަ އެވެ.

މި މުބާރާތުގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ކުޅުނެވެ. އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިންނާއި، އެމްއެލްބީބީގައި 5 ކުންފުންޏަކުން 9 ޓީމުގެ 63 ކުޅުންތެރިންނާއި، ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 11 ޓީމުގެ 52 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ޕަބްޖީ މޮބައިލް

• އެއްވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް – 5،000 ރުފިޔާ
• ދެވަނަ: އެމްޓީސީސީ – 3،000 ރުފިޔާ
• ތިންވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 2،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

• އެއްވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) – 5،000 ރުފިޔާ
• ދެވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 3،000 ރުފިޔާ
• ތިންވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) – 2،000 ރުފިޔާ

އީއޭއެފްސީ

• އެއްވަނަ: ޖަނާން މުހައްމަދު – މޯލްޑިވްސް ކަސްޓަމްސް ސާވިސް – 5،000 ރުފިޔާ
• ދެވަނަ: މާހިލް މުހައްމަދު – ޕްރިހާބް ޕްރައިވެޓް ލިމިޓެޑް – 3،000 ރުފިޔާ
• ތިންވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް – 2،000 ރުފިޔާ

އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިންނަށް ޚާއްޞަ ފުރުޞަތުތަކެއް ލިބިގެންދިޔަ ކަމަށް އުރީދޫން ބުނެއެވެ. އަދި މި މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަޤްބޫލުކަން އިތުރުވުމުގެ އިތުރުން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ސްޕިރިޓް ވެސް އިތުރުވެގެންދިޔަ ކަމަށް ވެސް އުރީދޫން ބުނެއެވެ.