ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމައިފި އެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ބަންދުގައި ހުއްޓާ މަރުވި ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އަފްރާޙް ގެ ޙާލަތު ރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަ ކުރެވިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އަފްރާހު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އަފްރާހުގެ މަރުވި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަދި އެ ހާދިސާގެ މައުލޫމާތު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.