Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ފުލުހުންގެ ހިދުމަތް ފުވައްމުލަކުގައި އިތުރަށް ހަރުދަނާ ކުރަނީ

ފުވައްމުލަކުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކައުންސިލާއި ފުލުހުންނާ ދެމެދު ދެމެދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާ ބޭއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން މިދިޔަ ހަފުތާގެ ފަހުކޮޅު ފުވައްމުލަަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އަދި މިހާރަށް ވުރެ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

އެ ބައްދަލުވުމުގައި ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގްގެ އިތުރުން ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލައް ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކުށް މަދު ކުރަން ފުވައްމުލަކުގައި ފުލުހުން މިދިޔަ އަހަރުގެ ފަހުކޮޅު ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖޭގެ މަސްތުވާތަކެތީގެ އެންމެ ބޮޑު ނެޓްވޯކްގެ ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ދައުވާކޮށްފައިވެ އެވެ.