Last Updated: August 23, 06:48
Saturday, August 23, 2025
ޚަބަރު

މަސްވެރިކަމުގެ މޫސުމަށް މިފްކޯ ތައްޔާރު ވަނީ

މި އަހަރުގެ މަސްވެރިކަމުގެ މޫސުން އަންނަ މަހުގައި ފެށޭނެ ކަމަށް ލަފާ ކުރެވޭތީ މިފްކޯ އިން އެކަމަށް ވަރަށް ބޮޑަށް ތައްތާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން އެ ކުންފުނީގެ ޙާލަތު ރަނގަޅު ކުރުމާއެކު، ޕްރޮސެސިންގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައި ވެސް، ކޫއްޑޫގައި މަސް ގަތުމުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތައް މިފްކޯއިން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ކޫއްޑޫގައި ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެތަނުގެ ބަނދަރާއި ގުޅިފައިވާ މަގުތައް މަރާމާތު ކުރުމާއި، ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިފްކޯގެ މަސް ގަންނަ ބޯޓުތަކުގެ އިންޖީނުތައް އޯވަހޯލްކޮށް، މެޝިނަރީސް މަރާމާތުކުރުމުގެ މަސައްކަތްވެ ސް މިހާރު އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ބަލައި، މި އަހަރު މަސްވެރިކަން އެންމެ ރަނގަޅުވާ ނެކަމަށް ލަފާކުރެވޭ ސަރަހައްދުތައް ބަލައި، އެ ސަރަހައްދުތަކުން މަސްގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް މިފްކޯ އިން ވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މިފްކޯ އަށް އައްޑޫން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫ މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ. މިއީ މަސްވެރިންނަށް ފަސޭހަތަކެއް ލިބި، މަސްވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ މަސައްކަތެކެވެ.

މިފްކޯ އިން ބުނީ އައްޑޫގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްތައް (ވެލިއު އެޑިޝަން) މި އަހަރުގެ ތެރޭގައި ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ. މިއާއެކު، ކޮންޓެއިނަރުތައް ޑަބަލް ހެންޑްލިން ކުރުން މަދުވެ، ކޫއްޑޫގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ވެސް މިފްކޯއިން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސަރުކާރުގެ ދިގު ރާސްތާގެ އަމާޒަކީ، މި ދައުރުތެރޭގައި ރާއްޖޭގެ މަސް ރައްކާކުރާނެ ސްޓޯރޭޖް ކެޕޭސިޓީ 15,500 ޓަނުން އިތުރުކޮށް، ޖުމްލަ 25,000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުން ކަމަށެވެ. މިހާރު ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން، ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭކަމުގެ ކަންބޮޑުވުންތައް މަސްވެރިންކުރެ އެވެ.

މިކަމުގެ ސަބަބުން، ބާނާ މަހުގެ 65 ޕަސެންޓް ރޯ މަހުގެ ގޮތުގައި ބޭރު ކުރަން ޖެހެ އެވެ. ނަމަވެސް ސްޓޯރޭޖް ކެޕޭސިޓީ އިތުރުވުމަކީ މަހަށް ރަނގަޅު އަގު ލިބި، މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.