Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

މަޖިލީހުގެ އިދާރާގައި ކަރަންޓެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.

މަޖިލީހުން ކަރަންޓު ކެނޑުނީ ޖަލްސާގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވާހަކަ ދައްކަވަމުން ދަނިކޮށެވެ. އެކަމާ ގުޅިގެން ކަރަންޓު ލިބޭތޯ މެންބަރުން ތަޅުމުގައި ތިބުމަށް ފަހު ކަރަންޓް އަލުން ލިބޭ ގޮތް ނުވުމުން ފަހުން ތަޅުން ދޫކޮށް ވަޑައިގެންފައިވެ އެވެ.

ނަމަވެސް މަޖިލީހުގެ އިދާރާ އިން ކަރަންޓް ކެނޑުނު ސަބަބެއް ސާފެއް ނުވެ އެވެ. އެކަމަކު މި ފަހުން މާލެ ސަރަހައްދުން ކަރަންޓް ކެނޑުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.