Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ސީއެސްސީގެ މެންބަރަކަށް ނާސިހު އަލުން އައްޔަން ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންމެވި މުހައްމަދު ނާސިހަށް އިސްކަންދެއްވައި، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ ތެރޭގައި ރައީސް އޮފީހުން ހުޅުވައިލީނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު މެންބަރު ޝަރީފްގެ މެންބަރުކަން އަންނަ މަހުގެ 3 އަށް ހަމަވާތީ އެވެ.

އެެހެންވެ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލުމުން ނާސިހުގެ އިތުރުން ކުރިމަތިލެއްވި ހަ ނަމެއް ރައީސް ވަނީ މަޖިލީހަށް އިއްޔެ ފޮނުއްވައިފަ އެވެ. ރައީސް ނަން ތަރުރީބުކޮޑް ފޮނުއްވި ގޮތަށް ބަލާ އިރު، ލިސްޓްގެ އެންމެ ކުރީގައި އޮތީ ނާސިހުގެ ނަމެވެ.

އެ ލިސްޓްގެ ތަރުތީބަކީ:

* ޑރ. ހުސައިން ފާއިޒް – ދަފްތަރު ނަންބަރު 1325
* ޑރ. ދީބާ މޫސާ – މ. ވައިޓްބެލް
* ބަދުރިއްޔާ މޫސާ – ދަފްތަރު ނަންބަރު ރސ-414
* ޑރ. ފާތިމަތު މުނާ – ވާދީއާގެ، ގއ. ވިލިނގިލި
* އާމިނަތު އުއްމުކުލްސޫމް – މޫންލައިޓްހައުސް، އައްޑޫ، މަރަދޫ

މި ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ނާސިހު އަލުން ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައީސް އިސްކަން ދެއްވި އިރު، އޭނަ މެންބަރުކަމުން ވަކިކުރަން މި ސަރުކާރުން ކުރިން މަސައްކަތްކުރި އެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު އޭނަ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅީ އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެއެވެ.

އެކަމަކު ފަހު އޭނާ ވަކިނުކުރަން ނިންމި އެވެ.