Last Updated: August 19, 22:39
Tuesday, August 19, 2025
ޚަބަރު

މައުމޫން ފައުންޑޭޝަނުން ޅެން ހެދުމުގެ މުބާރާތެއް

މައުމޫން ފައުންޑޭޝަނުން ޅެން ހެދުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން ހުޅުވައިލި މި މުބާރާތަކީ ކުރިއަށް އޮތް ގައުމީ ދުވަހަށް ހާއްސަކޮށްގެން ގައުމީ ޅެން ހަދަން ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވައިލި މުބާރާތެކެވެ.

މުބާރާތުގެ އެއް ވަނަ ޅެމަށް 5،000ރ. ދެވަނަ އަށް 3،500ރ. އަދި ތިން ވަނަ އަށް 2،000ރ. އިނާމެއްގެ ގޮތުގައި ދޭނެ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ގައުމީ ޅެން ހެދުމުގެ މުބާރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެންމެ މޮޅު ފަސް ޅެމަށް ހަނދާނީލިޔުން ވެސް ދޭނެ ކަމަށެވެ.

މުބާރާތަށް ޅެން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 27 ގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 7981500 އިން ހޯދޭނެ އެވެ.

މުބާރާތާ ބެހޭ ގަވައިދު މައުމޫން ފައުންޑޭޝަންގެ ފޭސްބުކާއި އެކްސް އެކައުންޓުން ބަލައިލެވޭނެ އެވެ.