Last Updated: July 10, 03:51
Thursday, July 9, 2026
ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ބޭރުން ކިޔެވުމުގެ ފުރުސަތު

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ފިޝަރީޒް މިނިސްޓްރީން ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ.

މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލާސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ވަނީ ހުޅުވާލަފަ އެވެ.

މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މި ސްކޮލާޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސްޑަބްލިއުއައިއޯއެފްސީ މެމްބަރު ޤައުމުތަކާއި، އޯއީސީޑީ ޤައުމުތަކުގަ އެވެ.

މި ސްކޮލާޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ލިބޭނެ އެވެ.