Last Updated: August 20, 05:53
Wednesday, August 20, 2025
ޚަބަރު

އަލީ ރަމީޒު ރަށަކަށް ދިރިއުޅުން ބަދަލު ކުރަނީ؟

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް މާލެ ދޫކޮށް ރާއްޖޭގެ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފާނެކަމުގެ އިޝާރާތެއް ދީފި އެވެ.

ސޯޝަލް މީޑިއާގައި އޭނަ މިއަދު އާންމުކުރި ޕޯސްޓެއްގައި އޮތީ މިހެންނެވެ؛ ރާއްޖޭގެ އެންމެ އަރާމު ރަށަކަށް ދިރުއުޅުން ބަދަލު ކުރަންވީ އެވެ. އެއާ ގުޅުވައި ދެން އޭނަ އަހާފައި ސުވާލެކެވެ. އެންމެ އަރާމު ވާނީ ކޮން ރަށެއްތޯ އެވެ؟

އަލީ ރަމީޒުގެ މި ޕޯސްޓަށް ފޭސްބުކްގައި ގިނަ ބަޔަކު އަންނަނީ ކޮމެންޓް ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދި ފަންނާނުގެ ގޮތުގައި ފާހަގަކޮށްލެވޭ އަލީ ރަމީޒުގެ މިއުޒިކީ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި 2000 ގެ ކުރީކޮޅު ލަވަ ކިޔުން ވަނީ ހުއްޓާލައިފަ އެވެ. އޭގެ ފަހުން ހަޔާތަށް ގެނައި ބޮޑު އިސްލާހީ ބަދަލާ އެކު މިހާރު އޭނަ ފާހަގަކޮށްލެވީ ދީނީ ދައުވަތު ފެތުރުމާއި ދީނީ ހޭލުންތެރިކަން އުފައްދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ މީހެއްގެ ގޮތުގަ އެވެ.

އެގޮތުން ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް، ދީނީ ކަންކަމާ ގުޅޭ ތަފާތު ޕްރޮގްރާމްތައް އަލީ ރަމީޒު އަންނަނީ ހިންގަމުންނެވެ. އޭނަ މި އަހަރުގެ ކުރީކޮޅު އުފެއްދި ޖަމިއްޔާ "މަންފާ" ގެ ވެސް މައިގަނޑު މަގުސަދަކީ ވެސް މިއެވެ.