Last Updated: August 18, 23:01
Monday, August 18, 2025
މުނިފޫހިފިލުވުން

އެމްއެސްޕީއޭ ފިލްމު އެވޯޑްސް ހުކުރު ދުވަހުގެ ރޭ

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފިލްމު އެވޯޑްސް މި މަހުގެ 22 ގައި ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި އެވޯޑް ހަފުލާ އޮންނާނީ ގިޔާސުއްދީން ސްކޫލްގަ އެވެ.

އެމްއެސްޕީއޭ ފިލްމު އެވޯޑްސް ހާއްސަކޮށްފައި ވަނީ 2019-2023 އަށް ނެރުނު ފިލްމުތަކަށެވެ. އެގޮތުން އެވޯޑްސްގައި 19 ފިލްމެއް ވާދަކުރެ އެވެ. އެވޯޑް ދޭން ހަމަޖެހިފައި ވަނީ 29 ކެޓަރަގަރީއަކުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ލައިފްޓައިމް އެވޯޑް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

އެމްއެސްޕީއޭ އަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށް މަޝްހޫރު ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ ފުރަތަމަ އެވޯޑް ހަފުލާ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ކަހަލަ ސަބަބުތަކާ ހެދި އެވޯޑް ހަފުލާ މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.