Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

71 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން އެޗްޑީސީ އަށް

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

އަންނަ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމުކޮށް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި

ކަން ކާމިޔާބު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި އިއްޔެ މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މިނިސްޓްރީން ބުނީ އެޗްޑީސީއާ ހަވާލުކުރި 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން 7 އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި އަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ގާއިމު ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.