މި އަހަރުގެ ތެރޭގައި އައްޑޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމާ ބެހޭ ލޯކަލް މިނިސްޓްރީ އާއި އަައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
އިއްޔެ މިނިސްޓްރީގައި އެ މަޝްވަރާ ބޭއްވީ އައްޑޫ ސިޓީ ކައުންސިލުން މާލެ އަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިންނެވެ. ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި އައްޑޫގެ މުހިންމު ކަންތައްތަކަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން މި އަހަރު އައްޑޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން އައްޑޫގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދި ނުމުގައި ސިޓީ ކައުންސިލަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުންނާއި، މިނިސްޓްރީގެ ޕަބްލިކް ވޯކްސް އައްޑޫ ޔުނިޓްގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރުގެ އާދަމް ޝަރީފާއި އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ޑެޕިޔުޓީ މިނިސްޓަރު އަޙްމަދު ފައިޞަލް ބައިވެރިވެވަޑައިގަތެވެ.
ކައުންސިލުން މިހާރު މާލެ އަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އެކި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކީ ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫގައި ކުރިއަށް ގެންދަން ރޭވިފައި ހުރި ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށް ދިނުމަށް އެދުމެވެ.