ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މިނިސްޓަރުޢަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަން ކާމިޔާބު ޖުރަބް މިނިސްޓްރީން މިހާތަނަށް ވަނީ 87 ފިޓްނެސް ސެންޓަރު ޤާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ.
އޭގެ ތެރެއިން ތިން ސެންޓަރެއްގެ މަސައްކަތް ނިމިފައިވާ އިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޞެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ އިތުރު 43 ސެންޓަރެއްގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާ އިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުުރުމަށް މި އަހަރުގެ ބާކީ އޮތް މުއްދަތާއި އަންނަ އަހަރު ހަވާލު ކުރާނެ ކަމަށެވެ.