Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ހިމަންދޫ އާ ސިއްހީ މަރުކަޒު ހުޅުވައިފި

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފި އެވެ.

ރައީސް އެތަން ހުޅުއްވައި ދެއްވީ މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ ރަށެެއްގެ ގޮތުން ހިމަންދު އަށް ވަޑައިގެންނެވެ.

ހިމަންދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގައި ޢާންމު ޞިއްހަތުގެ ޚިދުމަތުގެ ޔުނިޓާއި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ވެސް ގާއިމުކޮށްފައިވެ އެވެ.

މީގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކެއް ވެސް އެތަނުގައި ގާއިމުކޮށްފައިވެ އެވެ.