ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިގެން ނުގެން ފާޑު ވިދާޅުވަމުން ގެންދަވާތީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކެއް ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކޮށްފައިިވާ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް އަލުން އެ ދެ ކޮމިޓީއަށް އައްޔަންކޮށްފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
އެގޮތުން ޕީއެންސީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގަ އާއި މާލިއްޔަތު ކޮމެޓީގައި ޕީއެންސީގެ ފަރާތުން އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައި އެ ދެ ކޮމެޓީއަށް އަޒާން އައްޔަން ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އަޒާން އެ ދެ ކޮމިޓީން ވަކިކުރޯ، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތޯ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.
އަޒާން އަލުން ދެ ކޮމިޓީ އަށް އައްޔަންކުރީ ކޮމިޓީތަކުން ވަކިކޮށްފައިވާތާ 5 ވަރަކަށް މަސް ފަހުންނެވެ.