Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާއުނގޫދޫގައި ޤުރުއާން ސެންޓަރެއް ހަދަނީ

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް ހަދަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް އިއްޔެ ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މާއުނގޫދީ ޤުރުއާން ސެންޓަރަކީ ދަޢުލަތުގެ ބަޖެޓުން 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢު ނިމިގެންދާ އިރު ޤުރުއާން ސެންޓަރުގައި އޮފީސް ޖާގައަކާއި ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ރޫމަކާއި ކްލާސްރޫމާއި ކޮންފަރެންސް ހޯލެއް އަދި ލައިބްރަރީވެސް ހިމެނޭނެ އެވެ.