Last Updated: August 20, 05:53
Wednesday, August 20, 2025
މުނިފޫހިފިލުވުން

އަޔޫޝްމަންގެ 'ތާމާ' ގެ ޓީޒާ ދައްކާލައިފި

އަޔޫޝްމަން ކްރާނާ ވެމްޕަޔާއެއްގެ ރޯލު ކުޅެފައިވާ ފިލްމު "ތާމާ" ޔެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމަކީ އެ ސްޓޫޑިއޯގެ މިދިޔަ އަަހަރުގެ ކާމިޔާބު ހޮރޯ-ކޮމެޑި "މުންޖިއާ" ގެނެސްދިން އަދިތިޔާ ސަރްޕޯތުދަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ހަމަޖެހިފައިވާ "ތާމާ" ގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ. މިއީ އޭނަ އާއި އަޔޫޝްމަންގެ ޖޯޑު ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ.

ބޮލީވުޑްގެ މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތާމާ" ގެ ކާސްޓްގައި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ޕަރޭޝް ރާވަލާއި ނަވާޒުއްދީން ސިއްދީގީ ވެސް ހިމެނެ އެވެ. އަދި ފިލްމުން ފެންނާނެ ކަމަށް ބެލެވޭ އިތުރު ތަރިންގެ ތެރޭގައި ސަންޖޭ ދަތާއި ޑަޔާނާ ޕެންޓީ އާއި ވިނޭ ޕަތަކް އަދި އަޔޫޝްމަންގެ ކޮއްކޮ އަޕަރްޝަކްތީ ކްރާނާ ހިމެނެ އެވެ.

މެޑޮކްގެ ހޮރޯ-ކޮމެޑީ ޔުނިވާސްގެ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "އިސްތިރީ" އާއި ވަރޫން ދަވަންގެ "ބީޅިޔާ" ވެސް ހިމެނެ އެވެ.

ބެލެވޭ ގޮތުން "ތާމާ" އިން ދެ ތަރިން ވެސް އެ މީހުންގެ ކެރެކްޓާތަކާ އެކު ފެންނާނެ އެވެ.