Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ޕީއެޗްޑީ އަށް ކިޔަވާ އިމާމުންނަށް ސްޕޮންސަޝިޕް

ގައުމީ ޔުނިވާސިޓީގެ ޕީއެޗްޑީ އިން އިސްލާމިކް ސްޓަޑީޒް އާއި ޕީއެޗްޑީ އިން އިސްލާމިކް ޝަރީޢާ ކޯހަށް ހޮވޭ އިމާމުން އިސްލާމިކް މިނިސްޓްރީން ސްޕޮންސަ ކުރަން ނިންމައިފި އެެވެ.

މިކަން އިޢުލާން ކުރައްވައި މިނިސްޓަރުޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޕީއެޗްޑީ ޕްރޮގުރާމަށް ވީހާ ވެސް ގިނަ އިމާމުން ކުރިމަތިލައި ފުރުސަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯސްތަކަށް ހޮވޭ އިމާމުންނަށް ކޯސް ޚަރަދުގެ އިތުރުން ޕޮކެޓް މަނީ ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުސަތު ހުޅުވާލިކަމަށްޓަކައި އެމްއެންޔޫ އަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.