Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މަސް ޕްރޮސެސްކުރާ ފުވައްމުލަކު ފެސިލިޓީ މި އަހަރު

ފުވައްމުލަކުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ ހިދުމަތް މި އަހަރު ނިމުމުގެ ފަށާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ފެށުމަށާއި މަރަމާތުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިފްކޯގެ ސީއީއޯ ފަރުޙަތު ޝަޙީރު ވަނީ ފުވައްމުލަކަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ކައުންސިލާ ބައްދަލު ކުރައްވައި ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ވީހާ ވެސް އަވަހަށް ނިންމާ މި އަހަރު ނިމުމުގެ ކުރިން އެތަނުގެ ހިދުމަތްތައް ފަށާނެ ކަމުގެ ޔަގީންކަން ސީއީއޯ ދެއްވި އެވެ.

މީގެ އިތުރުން މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް މިފްކޯ އިން އިއްޔެ ވަނީ ފަށައިފަ އެވެ.

މިފްކޯ އިން ބުނީ އެ ފެސިލިޓީގެ ހިދުމަތް ފެށުމާ އެކު ރައްކާތެރިކަމާ އެކު ބަންދުކޮށްފައިވާ މަހުގެ އުފެއްދުންތައް ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު އަވަހަށް ލިބުމަށް މަގުފަހުވާނެ ކަމަށެވެ.