ރަށްރަށުގެ މުއައްސަސާތަކުން އަބަދު މާލެ ގޮސް ކަންކަމާ އުޅުމަކީ ދިއުޅިދިގު ނިޒާމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ހިމަންދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ރަށްރަށަށް ދަތުރުފުޅުތައް ކުރައްވާއިރު އެ ރަށްރަށުގައި ހިނގަމުންދާ އަދި ކުރިއަށް ގެންދާނެ ހުރިހާ މަޝްރޫއުތަކާ ގުޅުން ހުރި ސަރުކާރު ކުންފުނިތަކުގެ ވެރީންނާއި މިނިސްޓަރުން އެ މަނިކުފާނާއެކު ވަޑައިގަންނަވާ ކަމަށެވެ.
"މިގޮތަށް މިކަން ނުކުރީމަ ވާ ގޮތަކީ ވަރަށް އިންއެފިޝެންޓް. މިސާލަކަށް ކައުންސިލް ދާން މިޖެހެނީ މާލެ. ސްކޫލޫގެ ޕްރިންސިޕަލް ނޫނިއްޔާ ސްކޫލުގެ ޓީމެއް ދާން ޖެހެނީ މާލެއަށް. ހެލްތު މަރުކަޒުގެ ޓީމެއް މިދާން ޖެހެނީ އެ ބޭފުޅަކު ކަމެއް އޮތިއްޔާ މާލެއަށް. ސެޓެލްކޯ ޓީމުން ކަމެއް ދިމާވެގެން، އިންޖީނުގެއިން މައްސަލައެއް ހައްލުކުރަން މަޝްވަރާއަށް ދާންވީ މާލެއަށް. އެތައް ބައްދަލުވުމަކުން އެތައް ދުވަހަކުން އެ ހުރިހާ ކަމެއް ހައްލުވަނީ. ކައުންސިލުން ބޭނުންވާ ކަންކަން،" ރައީސް ވިދާޅުވި އެވެ. "ދެންހުރި ކަންކަން ހައްލުކުރަން ވަކިވަކި ބައްދަލުވުންތައް ވަކިވަކި ދަތުރުތައްކޮށް މާލެއަށް ގޮސް އެކި ދުވަސްވަރު މަތިން ޝެޑިއުލް ހަމަޖެހެނީ މިނިސްޓަރުންނާ އެމްޑީންގެ ވަގުތުތަކާ، ވަރަށް ދިގުލައިގެންދާ، ދިއުޅިދިގު، އިންއެފިޝެންޓް ނިޒާމެއް މިއަދާ ހަމައަށް، މިފަހަކާ ހަމައަށް އައިރު މިއޮތީ އަޅުގަނޑުމެން މި މަސައްކަތް މިގޮތަށް ފެށުމާ ހަމައަށް."
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށަށް ވަޑައިގެން ހުރިހާ މުއައްސަސާތަކެއްގެ ވެރިންނާއި އެހެނިހެން މީހުން އެއް ބައްދަލުވުމަކުން ބައްދަލުކުރައްވައި ކަންކަމާ މަޝްވަރާކޮށް ހައްލުތައް ހޯދައި ދޭން ކަމަށެވެ. އެހެންވެ އެފަދަ ބައްދަލުވުމުގެ ތެރެއިން ކަންކަމާ މަޝްވަރާކޮށް ރަށުގެ މުއައްސަސާތަކުން ބޭނުންވާ ހައްލުތައް ލިބިގެ ންދާނެ ގޮތް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެ ބައްދަލުވުންތަކުން އެ ހައްލުވެގެން ދަނީ ރަށުގައި ހުރި ހުރިހާ ކަމެއް،" ރައީސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާ ނެ ތިބޭފުޅުންނަށް. ތިބޭފުޅުން ބޭނުންވާ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވެގެން މި ދަނީ. އެހެން ނޫނިއްޔާ ސިޓީ ފޮނުވައިގެން ސިޓީތަކުގެ ޖަވާބުތައް ލަސްވެ، އޭގެ ސަބަބުން ކަންކަން ނުވެ އެ ދާ ދިޔުމުން ހަމަ
ރައީސް ވިދާޅުވީ މި އުސޫލުން ކަންކަން ކުރުމުން މުއައްސަސާތަކުގެ ވެރިންނަށް ވެސް ރައްޔިތުންނަށް ޖަވާބުދާރީވުމަށް ފަސޭހަވެގެންދާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ހުރިހާ ފަލްސަފާ އަކީ ރައްޔިތުންނާ ވީހާވެ ސް ގާތުން މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
އެެގޮތުން މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށް ވިދާޅުވި އެވެ.