Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

މާޅޮހުގެ މަގުތައް ހަދަން 53.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

އއ. މާޅޮހުގެ މަގުތައް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

މި މަޝްރޫއު ހަވާލުކުރީ ޖުމުލަ 53.8 މިލިއަން ރުފިޔާއަށެވެ. އާރްޑީސީއާ މި މަޝްރޫއު ހަވާލުކުރީ 730 ދުވަހުން ނިންމާށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ފިއްލަދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.