1. އިޙްސާންތެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ” سورة البقرة 195
މާނައީ: ތިޔަބައިމީހުން .އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން އިޙުސާންތެރިން ދެކެ ﷲ ލޯބިވެވޯޑިގަންނަވަ އެވެ.
2. ގިނަގިނައިން ތައުބާވާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ التَّوَّابِينَ” سورة البقرة 222
މާނައީ: ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވަ އެވެ.
3. ޠާހިރުވާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَيُحِبُّ الْمُتَطَهِّرِينَ” سورة البقرة 222
މާނައީ: އަދި ޠާހިރުވާ މީހުން ދެކެ ވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވަ އެވެ.
4. ތަޤްވާވެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ” سورة آل عمران 76
މާނައީ: ފަހެ ހަމަކަށަވަރުން ތަޤްވާވެރިން ދެކެ ﷲ ލޯވިވެވޮޑިގަންނަވަ އެވެ.
5. ކެތްތެރީން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَاللَّـهُ يُحِبُّ الصَّابِرِينَ” سورة آل عمران 146
މާނައީ: ކެތްތެރީން ދެކެ ﷲ ލޯބިވެވޮޑިގަންނަވަ އެވެ.
6. އެކަލާނގެ އަށް ވަކީލުކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. ”إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ” سورة آل عمران 159
މާނައީ: ވަކީލުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވަ އެވެ.
7. ޢަދުލަށް ޙުކުމްކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ” سورة المائدة 42
މާނައީ: ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވަ އެވެ.
8. ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެން ތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ” سورة الصف 4
މާނައީ: ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެން ތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން ދެކެ، اللَّه ލޯބިވެވޮޑިގަންނަވަ އެވެ.
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.