ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި، މޯލްޑިވިއަން ބްލަޑް ޑޯނާސްއާ ގުޅިގެން ބޭއްވި ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ކުންފުނީގެ މުވައްޒަފުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާ ކަމަށާއި މިއީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އިން މިދިޔަ އަހަރު ވެސް ލޭ ހަދިޔާކުރުމުގެ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް، އެމްބީއެސްއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަ އެވެ.