Last Updated: July 10, 00:09
Thursday, July 9, 2026
ކުޅިވަރު

އެމްބާޕޭގެ ގޯލުން ރެއާލުން މޮޅަކުން ފަށައިފި

އޮސަސޫނާ 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު މޮޅަކުން ފަށައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމުން ކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނީ އޮސަސޫނާގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށް ފަހު ވެސް ރެއާލުން އޮސަސޫނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރެއާލްގެ ގޮންސާލޯ ގާސިއާ އަށް ކުރި ފައުލަކާ ގުޅިގެން އޮސަސޫނާގެ އަބެލް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ދެން ބައްދަލުކުރާނީ އޮވިއޭޑޯއާ އެވެ.