އިންޑިއާގެ ނިއު ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ އަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗީފް މިނިސްޓަރަށް މީހަކު ހަމަލާ ދިނީ މިއަދު ހެނދުނު އޭނަގެ ގޭގައި އާންމުންގެ ބަޔަކާ އެކީ ބޭއްވި ބައްދަ،ލުވުމެއްގެ ތެރޭގަ އެވެ. އެގޮތުން މީހަކު އޭނަގެ "ކަންކަށިމަތީގައި" އެތިފަހަރެއް ޖެހުމުގެ އިތުރަށް އިސްތަށިގަނޑަށް ވެސް ދަމާފައިވާ ކަމަށް މީޑުއާތަކުން ބުންޏެވެ.
ޗީފް މިނިސްޓަރަށް ހަމަލާ ދިނުމާ އެކި އޭނަގެ ސެކިއުރިޓީން، ހަމަލާ ދިން މީހާ ހިފަހައްޓާފައިވާ ކަމަށާއި އެއީ 30 ވަރަކަށް އަހަރުގެ ފިރިހެނެެއް ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް މީޑިއަތަކުން ބުންޏެވެ.
މީޑިއާތަކުން ބުނީ ޗީފް މިނިސްޓަރަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނަގެ ނިސްބަތްވާ ޕާޓީ، ބީޖޭޕީގެ ވަރަށް ގިނަ ބަޔަކު ރޭކާގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށެވެ.
ޗީފް މިނިސްޓަރަށް މީހަކު ހަމަލާ ދިނީ ސީދާ ކޮން ސަބަބަކާ ހެދި ކަމެެއް އަދި ސާފެއް ނުވެ އެވެ.
އުމުރުން މިހާރު 51 އަހަރުގެ ރޭކާ، ދިއްލީގެ ޗީފް މިނިސްޓަރަކަށް އައްޔަންކުރީ މި އަހަރުގެ ފެބްރުއަރީގަ އެވެ.