Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

އަނެއްކާ ވެސް ލަންކާގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) އަށް ގަވާއިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އެ ބޯޓް މިއަދު ގެންދިޔައީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ.

އެމްއެންޑީއެފުން ބުނީ މަސްބޯޓު ފެނުނު އިރު އޭގައި ހަ މީހުން ތިބި ކަމަށާއި އެއީ އަވައްޓެރި ސްރީ ލަންކާގެ އުޅަނދެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.