ރާއްޖޭގެ ފުޓްބޯޅަ އަށް މި އަހަރު 75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން އެފްއޭއެމުން ނިންމައިފި އެވެ.
އެކަން ފާހަގަ ފާހަގަކުރަން އަންނަ އަހަރު މުބާރާތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ ރަށްރަށުން ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އަދި އެކަމަށްޓަކައި އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އާންމު ކުރާނެ ބުންޏެވެ.
"ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިޔާ،" ސުޒޭން ބުންޏެވެ. "އެކަން ކުރާނީ އެ ރަށެއްގެ ކައުންސިލާއި ޖަމިއްޔާތައްވެގެން."