Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ތޮއްޑޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އއ. ތޮއްޑޫ ކައުންސިލް އިދާރާ އާ ޢިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މިއަދު ތޮއްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް މިނިސްޓަރު މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި، ތޮއްޑޫ ކައުންސިލްގެ ރައީސެވެ.

ތޮއްޑޫގައި އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ފެށި ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ތަނެކެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 11 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްތައް އަޅައި އެތަންތަނަށް ބޭނުންވާ ފަރުނީޗަރު ވެސް ފޯރުކޮށް ދޭނެ އެވެ.