އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝަފީގު ސަސްޕެންޑުކޮށްފި އެވެ.
ޝަފީގު ސަސްޕެންޑްކުރިކަން އަންގާ ފޮނުވި ލިޔުމުގައި ވަނީ ސަސްޕެންޑުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭ ގޮތަށް ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ޝަފީގަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތެކެވެ.