Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހިތަދޫގައި ދެވަނަ އެކްސިޑެންޓެއް ހިގައިފި! މިފަހަރު ވެސް ޒުވާނެއް! ހާލު ސީރިއަސް!

ހިތަދޫގައި މިރޭ އިތުރު އެކްސިޑެންޓެއް ހިނގައި އިތުރު ޒުވާނަކަށް ސީރިއަސް އަނިޔާ ލިބި އަވަސް ފަރުވާ ދޭން ފަށައިފިއެވެ.

މަންޒަރު ދުށް މީހަކު ބުނީ މިރޭ އާގަލާމާޓް ސަރަހައްދުގައި އެކްސިޑެންޓް ހިނގާފައިވަނީ 2 ޒުވާނަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި އުމުރުން ދުވަސްވީ މީހަކު ދުއްވި ސައިކަލްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި އުމުރުންދުވަސްވީ މީހާގެ ބޮލަށް އަނިޔާ ލިބުނު އިރު ދެވަނަ ސައިކަލް ދުއްވި ޒުވާނާގެ ބޯފަޅައިގެން ގޮސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އޭނާއަށް ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ތަފްސީލް އަންނަނީ…