Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

މާލޭގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

މާލޭގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 23:11 ހާއިރު ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވާ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.