Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

އަބްދުއްރަހުމާން މަރާލުން: 3 މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ ތެރޭގައި އއ. އުކުޅަގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މިކަން ފުލުުހުން ހިއްސާކުރި ނަމަވެސް އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ. ފުލުހުން ބުނީ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އެ ތިން މީހުންނަކީ
މާޅޮސް، ލިލީ ފެހި، މުހައްމަދު ވިސާމް، 23، އާއި އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް، 28، ގެ އިތުރުން އެ ރަށު ފިޔަ،
އަހުމަދު އާޝިދު، 28، އެވެ.

އަބްދުއްރުހާމާން، 65. ގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައި މި ވަނީ ތިިން މީހެއްގެ ފޯނާއި ބައެއް އެހެން ތަކެތި މި މަހުގެ ކުރީކޮޅ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައި ވަނިކޮށެވެ.

އަބްދުއްރަހުމާން މަރާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެ އެވެ. އެއީ އޭނަގެ ގޭގައި ނިދާފައި އޮއްވަ އެވެ. އަބްދުއްރަހުމާން މަރާލީ ބޮލުގައި އެއްޗަކުންނެވެ.

މި ހާދިސާއާ ގުޅިގެން އޭނަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލީ މިދިޔަ މަހުގެ 24 ގަ އެވެ.