Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

މެންހަޓަން ގްރޭންޑް ހޮޓާ ޕްރޮޖެކްޓް އިފުތިތާހުކޮށްފި

ހުޅުމާލޭގައި ތަރައްގީކުރާ "މަންހަޓަން ގްރޭންޑް ހޮޓެލް" ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރީ ރޭގަ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ފަހިއަސް ޕަންގަތު އެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ހުޅުވަން ހަމަޖެހިފައިވާ "މަންހަޓަން ގްރޭންޑް ހޮޓެލް" އަކީ އެސްޓީއޯ އިން މީގެ 17 އަހަރު ކުރިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ހެދި އިމާރެތެެވެ. ނަމަވެސް އެތަން ބޭނުން ނުކުރެ، ގިނަ ދުވަސްތަކެއްވެގައި ވަނިކޮށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އިމާރާތުގައި މީޑިއާ ވިލެޖަކާއި މެޑިކަލް ކޮލެޖަކާއ،ި ތަރިކަ ކޮލެޖް ފަދަ ތަންތަން ބިނާކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެއެވެ

އެ އިމާރާތުގައި "މަންހަޓަން ގްރޭންޑު"ގެ ނަމުގައި ހޮޓާ ހުޅުވަން ހަމަޖެހިފައިވާ އިރު އެތަނުގެ 3.5 ފަންގިފިލާ ޚާއްޞަ ކުރަނީ ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި މެޑިކަލް ކޮލެޖާއި ތަރިކަ ކޮލެޖަށެވެ.

"މަންހަޓަން ގްރޭންޑް" ހޮޓަލް ވާނީ 158 ކޮޓަރި އާއި ބެންކުއެޓް ހޯލަކާއި މަލްޓި ޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލްތަކާއި ސްވިމިން ޕޫލާއި ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ ހަތަރު ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތް ގާއިމް ކުރެވިފައިވާ 5 ތަރީގެ ހޮޓަލަކަށެވެ.

އަހަރު ދުވަހުގެ ތެރޭގައި ދުވަހުގެ ތެރޭގައި ހޮޓާ އޮޕަރޭޝަނަށް ގެންނަން އޮތީ އަމާޒު ހިފައިފަ އެވެ. އެ ހޮޓާ ހުޅުވާއިރު 12 އެއާއިނެއްގެ ހޮޓަލާއެކު އެގްރިމަންޓް ހެދުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާއެކު ތަނުގެ އަގުގެ ގޮތުގައި 11 މިލިޔަން ޑޮލަރު އެޗްޑީސީ އަށް ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބޭ އިރު ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިޔަން ޑޮލަރު ލިބިގެން ދާނެ ވެ.

ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރުގެ ދަށުން 7 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ގާއިމްކުރެވޭ ޒުވާނުންގެ މަރުކަޒާއ،ި މީޑިޔާ ވިލެޖާއ،ި މެޑިކަލް ކޮލެޖާއ،ި ތަރިކަ ކޮލެޖުގެ ކަރަންޓާއި ފެނާއި މެއިންޓަނަންސް ޚަރަދު ދާއިމީ ގޮތެއްގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބަލަހައްޓާ ދިނުމަށް އެ ކުންފުނިން ނިންމާފައިވެ އެވެ.